Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން ބަލަން އޭސީސީގެ ޓީމެއް އެރަށުގައި

ރ. ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން ބެލުމަށް އޭސީސީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަކަން ހާމަކޮށްފިއެވެ.

އޭސީސީން ބުނެފައިވަނީ، ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ 21 ޖުލައި 2022 ގައި އެކޮމިޝަނަށް ހުށައެޅުމާއި ގުޅިގެން މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޝަނަށް މައްސަލަ ބަލައިގަނެ އެމައްސަލައިގެ ތަހުގީގު، ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

އެގޮތުން މިވަގުތުވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސިސީން ބުނެފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރަމުންދާ ކަމަށެވެ. އަދި ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައިވާގޮތްވެސް ބަލާނެކަމުގައި އޭސީސީން މައުލޫމާތުދިފައިވެއެވެ.