އިންޓަނޭޝަނަލް ޑޭ އޮފް މެތެމެޓިކްސް ފޮޓޯ ޗެލެންޖު 2022 ގެ ހަތަރުވަނަ އަށް އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާޑެންގެ ފޮޓޯއެއް ހޮވިއްޖެ އެވެ.
މިއަހަރުގެ ބައިނަލް އަގުވާމީ ހިސާބު ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ފޮޓޯ މުބާރާތުގެ ހަތަރުވަނަ މަތިކިޅި އިކޯ ގާޑެންގެ ފޮޓޯއަކަށް ލިބުނީ އެ މުބާރާތަށް ހުށަހެޅުނު 3،200 ފޮޓޯއާ ވާދަކޮށެވެ. އެ މުބާރާތަށް މަތިކިޅި އިކޯ ގާޑެންގެ ފޮޓޯއެއް ހުށަހެޅީ ޝަރަފުއްދީން ސްކޫލްގެ ހިސާބު ޓީޗަރު ސަދީގާ ޝިހާބު އެވެ.
https://www.idm314.org/2022-photo-challenge-gallery.html#l/1/2022-pc-photo-2905
މީދޫ މަތިކިޅި އިކޯ ގާޑެނަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ އެތަނަކީ ހިމާޔަތްކުރެވިފައިވާ ތަނެކެވެ. އެތަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލާ އެވެ.
މަތިކިޅި ސަރަޙައްދު ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ކައުންސިލުން 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ކަނޑައަޅާފަ އެވެ.