Last Updated: April 19, 21:01
Friday, April 19, 2024
ޚަބަރު

މެމްބަރު ހައިތަމް ސަލާމުގެ މުއްދަތު ނިމޭ ދުވަހެއް ސާފުކުރަނީ

މެމްބަރު އަޙްމަދު ހައިތަމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ސަލާމުގައި ހުންނެވުމުން، ސަލާމުގެ މުއްދަތު ނިމޭނެ ދުވަހެއް ސާފު ކުރުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭނެ ތާރީހެއް މަޖިލީހަށް އަންގާފައިނުވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެންބަރުގެ އަރިހުގައި ދަންނަވާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާ ފެއްޓުނުއިރު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 31 މެންބަރުންނެވެ. އަދ ފަސް މެމްބަރުން ސަލާމުގައި ތިއްބެވިއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، މިދައުރުގައި ޖަލްސާތަކަށް ހާޒިރުވާ މެމްބަރުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ.