Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މަރަދޫ މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް މަރަދޫ މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ ސ. މަރަދޫ / ފޮނިތޮށިމާގެ، ޢަލީ އާމިރު އެވެ.

އޭނާ ހޯދުމަށް އިއުލާނު ކޮށްފައިވަނި އެ މައްސަލައިގައި ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށެވެ. އެގޮތުން އެފަރާތް ވިލިމާލެ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް 2022 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިއީ ވިލިމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި މީނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.