Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ޗެލްސީގެ ކޯޗު ޓުޗެލް މަގާމުން ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ.

ތޯމަސް ޓުޗެލް ކޯޗު ކަމުގެ މަގާމުން ވަކިކޮށްފައިވާކަން ޗެލްސީން ހާމަކުރިއިރު، އެ ކްލަބުން ވަނީ ޓުޗެލް އެ ކްލަބަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން އެ ކްލަބަށް ޗެމްޕިއަންސް ލީގް، ސުޕަރ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ޗެލްސީން ބުނެފައިވަނީ އެ ކްލަބުގެ އާ އޯނަރުން ކްލަބާ ހަވާލުވިތާ 100 ދުވަސް ހަމަވާން ދާއިރު، ކްލަބް ކުރިއަށް ގެންދިއުމަށް ކުރާ ބުރަ މަސައްކަތް ކުރިއަށްގެންދިއުމުގައި، އާ އޯނަރުން ގަބޫލުކުރާ ގޮތުގައި މިއީ މި ބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އާ ހެޑް ކޯޗެއް އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެހެންނަމަވެސް އެކަމުގައި މިވަގުތު އިތުރު އެއްޗެއް ހާމަނުކުރާނެ ކަމަށް ޗެލްސީން ބުނެފައިވެއެވެ.

ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2021 ޖެނުއަރީ 27 ވަނަ ދުވަހުއެވެ.