Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މީހެއްގެ ގައިގައި ޕިކަޕަކުން ޖެހި އެކްސިޑެންޓެއް

ފޮޓޯ: ތޯހާ ޔާސީން

އައްޑޫގައި ހިނގާފައި ދިޔަ މީހެއްގެ ގައިގާ ޕިކަޕަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގަ އެވެ. އެގޮތުން ހިނގާފައި ދިޔަ މީހާގެ ގައިގާ ޕިކަޕުން ޖެހި އެމީހާ ޕިކަޕު ދަށުވި ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެށް މައުލޫމާތު ލިބެ އެވެ.