Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހޯރަފުށީ އެއާޕޯޓް ޖެޓީ ހަދަން ފަށައިފި

ހއ. ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމައްސަކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ހއ. ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް 7 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހއ. ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.