Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ހުޅުމާލޭން ވިއްކާ 77 ބިމަށް މުއްދަތު އިތުރުކޮށްފި

ދިރިއުޅުމަށް ހުޅުމާލޭން ބީލަން އުސޫލުން ވިއްކަން ނިންމި 77 ބިމަށް ކުރިމަތިލާން ދިން މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްފި އެވެ.

ކުރިން ދިން މުއްދަތު މި މަހުގެ 1 އަށް ހަމަވުމާ ގުޅިގެން މުއްދަތު މިހާރު ވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް އިތުރުކޮށްފަ އެވެ. ބީލަން ފޯމް މި މަހުގެ 15 ގައި ވިއްކަން ހަމަޖެހިފައިވާ އިރު، ބިންތަކުގެ ތެރެއިން ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ވިއްކާ ބިންތަކުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 3 ގަ އެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތަކުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.

ހުޅުމާލޭގެ ފޭސް ދޭކުން ވިއްކަން ނިންމާފައި ވަނީ 1،095-2،588 އަކަފޫޓާ ދެމެދުގެ ބިންތަކެެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ 22 ބިމަކައި އަތިރިމައްޗާ ކައިރިން ދޫކުރާ 52 ބިމެކެވެ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަރަކަށް 6،500ރ. އެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތައް ވިއްކަން ބީލަން ފަށާ އަގަކީ އަކަފޫޓަކަމަށް 5،500ރ. އެވެ.

މި ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހުށަހަޅަން ޖެހެ އެވެ.