Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

އިނގިރޭސި ރާނީ އަވަހާރަވެއްޖެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތް އަވާހަރާވެއްޖެ އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ބުނީ ރާނީ އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގައި ކަމަށެވެ.

ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް އެވެ.