Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

އިނގިރޭސި ރަސްކަމާ ޗާލްސް ހަވާލުވެވަޑައިގެންފި

ރާނީ އެލިޒަބަތު އަވަހަރާވުމާ ގުޅިގެން އިނގިރޭސި ތަޚުތާ ދޮށީ ދަރިކަލުން ޗާލްސް ހަވާލުވެވަޑައިގެންފި އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ބުނީ ރާނީ އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގައި ކަމަށެވެ. ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތް އަވަހާރަވުމާއެކު އިނގިރޭސި ރަސްކަމާ ޗާލްސް ވަނީ ވަގުތުން ހަވާލުވެވަޑައިގެންފަ އެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ރަސްގެފާނު ޗާލްސް އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަންމާފުޅު އަަވަހާރަވުމުން އެމަނިކުފާނާއި މުޅި އާއިލާއަށް ވެސް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. ރާނީ އަވަހާރަވުމުގެ އަސަރު އިނގިިރޭސިވިލާތާއި ކޮމަންވެލްތްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް ކުރާނެ ކަމަށްވެސް ޗާލްސް ވިދާޅުވި އެވެ.

އިނގިރޭސި ރަސްކަމަށް ޗާލްސް ވަޑައިގަތުމުން އިނގިރޭސިވިލާތުގެ އާ ވަލީ އަހުދަކީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އެވެ.