Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ތިން ފުލުހަކަށް ހަމަލާދިން 2 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް--

މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކައިރިން ފުލަހަކަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 11:50ހާއިރު ފުލުހަކަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށްފައިވާއިރު މި ހާދިސާގައި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑަށް އަނިޔާ ލިބުނު ފުލުސް މީހާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުސް މީހާއަށް ހަމަލާދިން މަންޒަރުގެ ވީޑިއޯ. މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގު މަތިން ހަމަލާދީފައިވަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުގައި މަސައްކަތް ކުރާ ފުލުހެކެވެ. ނަމަވެސް ފުލުހުން ތަފްސީލެއް ހާމަ ނުކުރެއެވެ.