އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މި ހަފްތާގެ އިނގިރޭސި ޕްރިމިއާ ލީގު މެޗުތައް ފަސްކޮށްފި އެވެ.
ޕްރިމިއާ ލީގުން ބުނީ މި ހަފްތާގައި ކުޅެން ހުރި މެޗުތައް ފަސްކުރީ ކްލަބްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެެއްގައި ކަމަށެވެ. އަދި މިއީ ރާނީ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް ޕްރިމިއާ ލީގުން ބުނެ އެވެ.
ޕްރިމިއާ ލީގުގެ އިތުރުން މި ހަފްތާގައި ކުޅެން ހަމަޖެއްސި އިނގިރޭސި ދެވަނަ ޑިވިޝަނުގެ މެޗުތައް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.
ރާނީ އަވަހާރަވެފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ. ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.