Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ހިތަދޫން މާދަމާ ކަރަންޓް ކަނޑަނީ

އައްޑޫ ހިތަދޫގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ އިން ބުނީ ހިތަދޫ ޓޫރިޒަމް ޒޯން ސަބް ސްޓޭޝަން ގްރިޑަށް ގުޅާލުމުގެ މަސައްކަތް މާދަމާ ހެނދުނު 9 އިން ހަވީރު 4 އަށް ކުރުމަށް ރޭވިފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކާ ހިތަދޫ އަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދާ މީޑިއަމް ވޯލްޓޭޖް ފީޑަރުތަކުގެ ތެރެއިން ތެރެއިން ދެ ނަމްބަރު ފީޑަރު ނިއްވާލެވޭނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

"ފީޑަރު ނިއްވާލެވިފައިވާ ވަގުތުތަކުގައި އެއް ނަމްބަރު ފީޑަރުގެ ލޯޑް ކޮންޓްރޯލް ކުރުމަށްޓަކާ ރަށުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓް ކަނޑާލެވޭނެ." ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ބުނިގޮތުގައި ލޯޑް ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި އެއް ފަހަރަށް ވުރެ ގިނައިން ވެސް ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި ކަރަންޓް ބޭނުންކުރުން މަދުކޮށްދޭން ފެނަކަ އިން ވަނީ އެދިފަ އެވެ.

ފެނަކަ އިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.