Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އެމްޑީއޭ އަށް އައްޑޫން ބަޔަކު ސޮއިކޮށްފި

މޯލްޑިވްސް ޑޮވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އާ އައްޑޫން ބަޔަކު ގުޅިއްޖެ އެވެ.

އައްޑޫގެ އެކި އަވަށްތަކުން އެ ޕާޓީއާ ގުޅުނު މީހުންގެ ފޯމްތައް އިއްޔެ ވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ހަވާލުކޮށްފަ އެވެ. އެމްޑީއޭގެ ފަރާތުން ސިޔާމް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވާފައިވާތީ އެޕާޓީން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުން މެމްބަރުން ހޯދައި، ޕާޓީގެ މެމްބަރުޝިޕް އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.

އެގޮތުން އައްޑޫން ވެސް އެމްޑީއޭއާ ބަޔަކު ގުޅުނު އިރު، އެ ޕާޓީން ބުނެފައި ވަނީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑު އަކީ އެ ޕާޓީން ވަރަށް އިސްކަން ދޭނެ ތަނެއް ކަމަށާއި އެމްޑީއޭގެ ވެރިކަމެއްގައި ވެސް އައްޑު އަކީ ތަރައްގީކުރަން އެންމެ ބޮޑު އިސްކަމެއް ދޭން އެެއް ތަން ކަމަށެވެ.

އެކަމަކު އައްޑު އަކީ މިހާތަނަށް އެމްޑީޕީގެ އެއްވެސް ސިޔާސީ ހަރަކާތެއް ފެނިފައިވާ ތަނެއް ނޫނެވެ. ނަމަވެސް ދާދި ފަހުން އެ ޕާޓީގެ ލީޑަރުގެ އާއިލީ ބޭފުޅަކު އައްޑު އަށް ވަޑައިގެން ޕާޓީ އަށް މެމްބަރުން ހޯދުމުގެ މަސައްކަތްތަކެއް ކުރި އެވެ.

އެމްޑީއޭ އިން ބުނީ މިހާރު ޕާޓީގެ އެންމެ ބޮޑު އެއް ޓާގެޓަކީ މި އަހަރުގެ ޑިސެމްބަރު 20 ގައި އަހަރީ ދުވަސް ފާހަގަކުރާ އިރު، މެމްބަރުންގެ އަދަދު 25،000 އަށް އިތުރުކުރުން ކަމަށެވެ.