ބައިނަލްއަގްވާމީ އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް މާދަމާ ބާއްވަން ހަމަޖެހިފައިވާ ކަމަށް ޝަރަފުއްދީން ސްކޫލުން ބުނެފި އެވެ.
ޝަރަފުއްދީން ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ ދުނިޔޭގެ އޯޓިޒަމް ދުވަހަކީ މިއަދު (2 އެޕްރީލް) ކަމަށް ވިޔަސް ސްކޫލުން އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނީ މާދަމާ ކަމަށެވެ.
އޯޓިޒަމް ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ސްކޫލުން ވަނީ ނިންމައިފަ އެވެ.
މި އެސެމްބްލީގައި ޝަރަފުއްދީން ސްކޫލްގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހަރަކާތްތައް ދައްކާލުން އޮންނާނެ އެވެ.
އަދި މި ހާއްސަ އެސެމްބްލީގެ ޝަރަފުވެރި މެހްމާނެއްގެ ގޮތުން އައްޑޫގައި ހުންނަ އެޑިއުކެޝަން ސްޕުރިޑެންޓެންޑް ފާތިމަތު ނަސީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހެނދުނުގެ އެސެމްބްލީ ނިންމާލަން ހަމަޖެހިފައިވަނީ ހާއްސަ ކޭކް ފެޅުމުގެ ހަރަކާތަކާ އެކު އެވެ.
އަދި ހާއްސަ ފަންޑް ރައިޒިން ހަރަކާތެއް އެސެމްބްލީއަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑް ރައިޒިން ހަރަކާތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާްއި، އެކުދިންގެ ބެލެިނިވެރިން އަދި ސްކޫލްގެ ޓީޗަރުން، ޕޮލިސް، އެމްއެންޑީއެފް، ކައުންސިލް އިދާރާ އަދި ބައެއް ސަރުކާރުގެ މުވައްސަސާތަކަށް ސްޓިކާ ވިއްކުމަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރަފުއްދީން ސްކޫލުން ބުނީ މާދަމާ ހަވީރު "އޯޓިޒަމް އެވެއާނެސް"ގެ ހަރަކާތެއްގެ ގޮތުން ހާއްސަ ހިނގާލުމެއް ހިތަދޫ ސްކޫލުން ފެށިގެން ޝީޝާއާއި ހަމައަށް އޮންނާނެކަމަށެވެ. މި ހިނގާލުމުގައި ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، ޕޮލިސް، ދިރާގުގެ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި މިހިގާލުމުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ސްކޫލުން ދައުވަތުދެއެވެ.
ޝަރަފުއްދީން ސްކޫލްގައި މިވަގުތު 30 އަށް ވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތައުލީމް ހާސިލްކުރަމުންދެއެވެ. މިއަދު ދުބިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަމުން އަންނައިރު މި މަހަކީ އޯޓިޒަމް އެވެއާނަސްއަށް ހާއްސަ ކުރެވިފައިވާ މަހެކެވެ.