Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އައްޑޫގެ ބަނދަރުތަކުގެ ފީއާ އެކީ މުދަލުގެ އަގު މައްޗަށް!

އައްޑޫގެ ބަނދަރުތަކުން ފީ ނަގަން ފެށުމުން ވިޔަފާރިވެރިން ވެސް އެ މީހުންގެ ވިއްކާ މުދަލުގެ އަގު ބޮޑުކުރަން ފަށައިފި އެވެ.

މިފަދަ ބަދަލެއް ގެންނަން ޖެހުމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވެސް ކަންބޮޑުން ވެސް ފާޅުކޮށްފައިވެ އެވެެ. އެގޮތުން ބައެއް ވިޔަފާވެރިން ބުނި ގޮތުގައި އެ މީހުން ގެންނަ މުދަލަށް ނަގާ ނާލު ފީ އަށް އައި ބަދަލާ އެކު، މިހާރު އޮތް ގޮތަކީ ވިއްކާ އެއްޗެހީގެ އަގަށް ވެސް ބަދަލުތަކެއް ގެނައުމެވެ.

ވިޔަފާވެރިން ބުނި ގޮތުގައި ސީދާ އާންމު ރައްޔިތުންނަށް އަސަރުކުރާނެ ކަމަކަށް ވިޔަސް، ބަނދަރުތަކުން ފީ ނަގަން ފެށުމުން އެ މީހުން ކުރަން ޖެހޭ ހޭދަ ވެސް އިތުރުވެފައިވާތީ މުދާ އަގުބޮޑު ނުކޮށް ވާކަށް ނެތެވެ. މިކަންބޮޑުވުން ބައެއް ވިޔަފާވެރިން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އެގޮތުން ފޭދޫގައި "ލޭންޑް ވެއާ" ގެ ނަމުގައި ހާޑްވެއާގެ ވިޔަފާރިކުރާ ޒަަކަރިއްޔާ ހުސައިން ބުނި ގޮތުގައި ބަނދަރުތަކުން ފީ ނަގަން ފެށުމުން މުދަލުން ނަގާ ފީ އަށް 40 ޕަސެންޓްގެ ބޮޑުވުމެއް އައިސްފައިވެ އެވެ.

އައްޑޫގެ ބަނދަރުތަކުން ފީ ނަގަން ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. މިފަދަ ބަދަލެއް ގެންނަން ނިންމައި އެކަން ކައުންސިލުން އާންމުކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދުމުން ފީ ނަގާ އުސޫލު ރިވިއު ވެސް ކުރި އެވެ.

އައްޑޫގެ ބަނދަރުތަކުން ފީ ނެގުމާ ބެހޭ އުސޫލުއުސޫލުގައިވާ ގޮތުން ބަނދަރު ބޭނުން ކުރެވޭނީ އަވަށްތަކުގެ އަވަށު އޮފީސްތަކަށް ހުށަހަޅައި ހުއްދަ ވެސް ހޯދައިގެންނެވެ. އުސޫލުގެ ދަށުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ އެވެ. އަދި އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ފައްތިޔާގެ ގޮތުގައި އެކި ސައިޒްގެ އުޅަނދުތަކުން ނަގާ އަގުތައް ތަފާތުވާނެ އެވެ.

* 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ.
* 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ.
* 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ.
* 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ.

މީގެ އިތުރުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. އެ ހުއްދަ ދޫކުރާނީ 50ރ. އަށެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަން ނިންމާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

މީގެ އިތުރުން މުދާ ބޭލުމާއި ބަރުކުރުމާއި އެހެނިހެން ބޭނުންތަކަށް އެއްގަމުތޮށި ބޭނުންކުރާ ނަމަ އައްސާފައި ބާއްބާ ވަގުތަކަށް ފީ ދައްކަން ޖެހޭނެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50ރ. ގެ ފީއެއްގެ ހުއްދައަކާ އެކީގަ އެވެ. އަދި އެފަދަ ހާލަތްތަކުގައި ނަގާނެ ފީތައް ވެސް ކަނޑައަޅާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި ބަނދަރުތަކުން ފީ ނަގާނެ ގޮތުގައި އުސޫލުގައި ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ނިންމާނީ ކައުންސިލުންނެވެ.