Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ރާނީގެ ޖަނާޒާ މި މަހު 19 ގައި ބާއްވަނީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ މި މަހު 19 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ބުނީ ރާނީގެ ޖަނާޒާ އޮންނާނީ މި މަހު 19 ގައި ކަމަށާއި އެކަމަނާގެ ހަށިކޮޅު އިނގިރޭސިވިލާތަށް ގެންދާނީ އަންނަ އަންގާރަ ދުވަހު އެވެ. ރާނީގެ ހަށިކޮޅު މިވަގުތު އޮތީ ސްކޮޓްލޭންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ.

ރަސްމީ ޖަނާޒާގެ ކުރިން ރާނީ އަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށްވެސް ޝާހީ ގަނޑުވަރުން ބުނެ އެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހަރާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.