ދެން އެންމެ އަވަހަށް ބޮޑު ވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ މުސާރައަށް ގެނައި ބަދަލަށްފަހު ދެން އެންމެ އަވަހަށް މުސާރައިގެ ހެޔޮ ބަދަލު ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ތައުލީމީ ދާއިރާއަށް ގެނައި ހެޔޮ ބަދަލުގެ ނަތީޖާ، ލާމަރުކަޒީ ރާއްޖޭގެ، ޖަޒީރާ ކުދި ސްކޫލުތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
އަދި ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖަ ކަނޑައެޅިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް މިހާރު ވެފައިވާ ކަމަށެވެ.