ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތަށް ނުކުތް އަމިއްލަ އެއާލައިން މަންޓާ އިން ރާއްޖޭން ބޭރަށް ވެސް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އެއާލައިނުން އެވެ.
ރާއްޖޭގެ ހަތަރު ފަސް އެއާޕޯޓަކަށް މިހާރު އުދުހޭ މަންޓާގެ ސީއީއޯ މުހައްމަދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ދަތުރުތައް ފަށާނީ އަވައްޓެރި އިންޑިއާ އަށް ކަމަށެވެ. އެ އެއާލައިނުން ބުނި ގޮތުގައި އިންޑިއާ އަށް ދަތުރުތައް ފެށުމަށްޓަކައި އެކަމުގެ ހުއްދަ އަށް އެދި އެ ގައުމުގެ ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައިވާ އިރު އެ ހުއްދަ ލިބުނުހާ އަވަހަކަށް އިންޑިއާ އަށް މަންޓާ އުދުހެން ފަށާނެ އެވެ.
ދެހާސް ނަވާރައިގައި ހިދުމަތަށް ނުކުތް އެއާލައިނުން ބުނި ގޮތުގައި އަމާޒަކީ މި ސަރަހައްދުގެ އެކި ގައުމުތަކަށް މަންޓާ އޮޕަރޭޓްކުރުމެވެ.
މަންޓާ އިން މި ވަގުތު ދަތުރުތައް ބާއްވަނީ ދ. ކުޑަހުވަދު އާއި ބ. ދަރަވަންދު އާއި އައްޑޫގެ އިތުރުން ހއ. ހޯރަފުއްޓަށެވެ. މި މި ސަރަހައްދުތަކުގެ ތެރެއިން ހޯރަޕައްޓަށް ބާއްވަމުން އަންނަނީ ޗާޓަރު ދަތުރުތަކެވެ.