Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

އައްޑޫގައި 13 ގޭންގް ހަރަކާތްތެރިވޭ: ފުލުހުން

ރާއްޖޭގެ ދެކުނުގައި އެންމެ ގިނަ ގޭންގުތައް ހަރަކާތްތެރިވަމުން އަންނަނީ އައްޑޫގައި ކަމަށް ފުލުހުން ބުނެފި އެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ދެކުނުގެ ހަ އަތޮޅުގައި 30 އަށް ވުރެ ގިނަ ގޭންގު ހަރަކާތްތެރިވަމުންދެ އެވެ. އޭގެތެރެއިން 13 ގޭންގް ހަރަކާތްތެރިވަމުން އަންނަނީ އައްޑޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފުވައްމުލަކުގައި 8 ގޭންގް ހަރަކާތްތެރިވާއިރު ލ.އަތޮޅުގައި ފަސް ގޭންގެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި ދެކުނަށް ނިސްބަތްވާ 1506 މީހަކު ރާއްޖޭގެ އެކި ގޭންގުތަކުގައި ހަރަކާތްތެރިވަމުންދެ އެވެ. އަދި ގޭންގުތަކަށް ނިސްބަތްވާ 605 މީހަކު ދެކުނުގެ އެކި ރަށްތަކުގައި ދިރިއުޅެމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ގޭންގު ކުށްތަކުގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި 32 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.