Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ޔޫއެސް އޯޕަން ޗެމްޕިއަނަކަށް އަލްކަރާޒް

އުމުރުން 19 އަހަރުގެ ކާލޯސް އަލްކަރާޒް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ސްޕެއިނަށް ނިސްބަތްވާ އަލްކަޒާރް ހޯދީ ރޭ ކުޅުނު ފައިނަލްގައި ނޯވޭގެ ކެސްޕާ ރަޑް 3-1 ސެޓުން ބަލިކޮށްގެންނެވެ. މިއީ އަލްކަރާޒްގެ ކެރިއަރުގައި ހޯދި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް 6-3 އިން ގެންދިޔައީ އަލްކަރާޒް އެވެ. ނަމަވެސް ދެވަނަ ސެޓް ފަސޭހަކަމާއެކު 6-2 އިން ރަޑް ގެންދިޔައިރު ތިންވަނަ ސެޓް ވެގެންދިޔައީ ވާދަވެރި ސެޓަކަށެވެ. އެގޮތުން އެ ސެޓް 7-6 އިން އަލްކަރާޒް ކާމިޔާބުކުރިއިރު ހަތަރުވަނަ ސެޓް 6-3 އިން ކާމިޔާބުކޮށް އަލްކަރާޒް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

އަލްކަރާޒް ވެގެން ގޮސްފައިވަނީ 2005 ވަނަ އަހަރަށްފަހު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ.

ޔޫއެސް އޯޕަން ކާމިޔާބު ކުރުމުން އަލްކަރާޒަށް މިހާރު ވަނީ ޓެނިސް ރޭންކިންގެ އެއްވަނަ ވެސް ލިބިގެން ގޮސްފަ އެވެ.