އައްޑޫ ސިޓީ ކައުންސިލަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ލިބުނު އިރު، އެ މަހުގެ ހަރަދަށް 8.1 މިލިއަން ރުފިޔާ ހޭދަވި ކަމަށް މިދިޔަ މަހުގެ އާމްދަނީ ރިޕޯޓްގައި ބުނެފި އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުން ލިބުނު ޖުމްލަ އަދަދަކީ 6،437،684ރ. އެވެ. މީގެ ތެރެއިން 5،436،814ރ. އަކީ ދައުލަތުން އެހީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އަދި ކައުންސިލަށް ވަން ރަސްމީ އާމްދަނީގެ އަދަދަކީ 1،000،843ރ. އެވެ.
އައްޑޫސިޓީ ކައުންސިލްގެ އޯގަސްޓް މަހުގެ މަސައްކަތުގެ ރިޕޯޓް – ޙަރަދާއި އާމްދަނީގެ ތަފްސީލު pic.twitter.com/nDry5p2dwP
— Addu City Council (@AdduCityCouncil) September 10, 2022
މިދިޔަ މަހު ރިކަރަންޓް ހަރަދަށް 8،032،545ރ. ހޭދަވި އިރު، ކެޕިޓަލް ހަރަދަކީ 59،864ރ. އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓްގައި ވެސް ވާ ގޮތުން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުވައްޒަފުންނަށެވެ. އެއީ ޖުމްލަ 4،812،780ރ. އެވެ.