Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިމްރާން ތައުބާވާން ޖަމީލު ގޮވާލައްވައިފި

މިހާރުގެ ރައިސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނެ ވެރިކަން ރަސޫލާގެ ޒަމާނާ "އެއްފަދަ ކުރައްވައި" ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ތައުބާވާން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.

ލ. ގަމުގައި ކުރިއަށްދާ "ވިޔަވަތި ކޮންފަރެންސް" ގައި އިމްރާން އިއްޔެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫޤާތު ކަމަަށާއި ބަނގުރަލުގެ ހުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާއި އެކަލޭނގެފާނާ މުޤާރަނާކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް ކަމަށެވެ.

"ޢިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ގޮވާލަން." އޭނާ ވިދާޅުވި އެވެ.

ޤުރުއާނާއި ރަސޫލާގެ ސުންނަތަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވި ގޮތުގައި ހެޔޮ ވެރިކަމެއްގެ އެންމެ މުހިއްމު އެއް ސިފަ އަކީ މަޝްވަރާކުރުން ކަމަށްވެފައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރަކީ އެފަދަ ސަރުކާރެއް ކަމަށެވެ.

އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ވަަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އޭނަގެ ޕާޓީ އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އިޔާޒް އިމްރާންގެ ވާހަކަ ދިފާއު ކުރައްވާފައިވެ އެވެ.