ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވާ ޕީޕީއެމްގެ ޓީމެއް ހުޅުމީދު އަށް ޒިޔާރަތްކޮށް، އެ ޕާޓީގެ އޮފީހެއް އެ ރަށުގައި ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ޕީޕީއެމްގެ ޓީމް އިއްޔެ އާދީއްތަ ދުވަހު ހުޅުމީދު އަށް ކުރި ދަތުރުގައި ހުޅުމީދޫގައި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށްފައި ވެ އެވެ. ޕީޕީއެމްގެ ޓީމްގައި އިސްކޮށް ހުންނެވީ މާޒް އަހުމަދު ސަލީމެވެ.
ޕީޕީއެމްގެ ޓީމްގެ ހުޅުމީދު އަށް ކުރި ދަތުރާ ބެހޭ ގޮތުން ޕީޕީއެމްގެ ފަރާތުން މީދޫގައި އިސްކޮށް ހަރަކާތްތެރިވާ އަޝްރަފް ބުނީ އެ ޓީމް ހުޅުމީދު އަށް ޒިޔާރަތް ކުރީ ހުޅުމީދޫގައި އެ ޕާޓީގެ އޮފީހެއް ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.
އެގޮތުން ޕާޓީގެ އޮފީސް ހުޅުވާނެ އިމާރާތެއް ހޯދައި އެ އޮފީސް ވަރަށް އަވަހަށް ހުޅުވުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަޝްރަފް ބުންޏެވެ.
އަޝްރަފް އިތުރަށް ބުނީ ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މީދޫ ކާނޭޝަންމާގޭ އިމާރާތްކޮށްފައިވާ އާ އިމާރާތުގައި ކަމަށެވެ.