Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯ އަށް

ރާއްޖޭގެ 11 ރަށެއްގައި ފާމަސީ ހަދަން ހެލްތް މިނިސްޓްރީން އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށް ފަހު އާ ފަމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ.

އާ ފާމަސީ ގާއިމްކުރާ ރަށްތައް:

1- މ. މަޑުއްވަރި

2- އދ. ދިގުރަށް

3- ހއ. ތުރާކުނު

4- މ. ރަތްމަންދޫ

5- ހއ. ތަކަންދޫ

6- ތ. އޮމަދޫ

7- ގއ. ކަނޑުހުޅުދޫ

8- މ. ކޮޅުފުށި

9- ގއ. ކޮލަމާފުށި

10- ބ. ދޮންފަނު

11- ނ. ލަންދޫ

މި މަޝްރޫއު އަށް ހަރަދުވާ ފައިސާގެ އަދަދެއް ހެލްތް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.