Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ރާއްޖޭގެ ލައިސަންސްގައި މިހާރު މެލޭޝިއާގައި ދުއްވޭނެ

ރާއްޖޭގެ އެއްގަމު ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އިތުރު ހުއްދައަކާ ނުލައި ދިވެހި ލައިސަންސްގައި އެ ގައުމުގައި ދުއްވޭނެ ކަމަށެވެ. މިގޮތަށް ރަސްމީކޮށް ހަމަޖެހުނީ އިއްޔެއިން ފެށިގެންނެވެ. ގިނަ އަދަދެއްގެ ދިވެހި އެކި ބޭނުންތަކުގައި އުޅޭ މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދަން ދެ ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 12 ގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ހުއްދަ ދިނީ ދިވެހި ލައިސަންސްގެ 0B1B2 ގެ ކެޓަގަރީގައި ހިމެނޭ އުޅަނދު ފަހަރަށެވެ. މި ބަދަލާ އެކީ ލައިސަންސްގެ ސައްހަކަން ކަށަވަރުކޮށް ދޭން އެމްބަސީން ހޯދަން ޖެހޭ ލިޔުން ދެން ބޭނުމެއް ނުވާނެ އެވެ.

ނަމަވެސް ހައިކޮމިޝަނުގެ އާންމު ލިޔުމުގެ ކޮޕީއެއް މެލޭޝިއާގައި ދިވެހި ލައިސަންސް ބޭނުންކުރާ އިރު ގެންގުޅުމަށް ވަނީ އެމްބަސީން އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭ ގޮތް ހަނަޖެހިގެން ދިޔަ އިރު، ރާއްހޭގައި އެ ގައުމުގެ ލައިސަންސް ވެސް ބޭނުން ކުރެވެވޭނެ އެވެ. އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެއެވެ.