Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ކޮމަންޑޫގެ މަޝްރޫތަކަށް ބޮޑުހިލަ ގެންގޮސްފި

ށ. ކޮމަންޑޫގެ މަޝްރޫތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓެއް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.