އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
ރާނީ އަވަހަރާވުމާ ގުޅިގެން ރައީސް ޝާހީ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވުމުގެ އިތުރަށް އެ ހިތާމައިގައި ރާއްޖޭގެ ގައުމީ ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ވެސް ތިރިކުރި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 96 އަހަރުގައި އަވަހާރަވި ރާނީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. ޖަނާޒާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަމަޖެހިފައިވެ އެވެ. ޖަނާޒާ އޮންނަނީ ލަންޑަންގަ އެވެ.
ހަތްދިހަ އަހަރަށް ދެމިގެން ދިޔަ އެލިޒަބަތު ދޭއްގެ ރަނިކަމަށް ފަހު، މިހާރު ތަހުތާ ހަވާލުވެވަޑައިގެންފައި ވަނީ ދޮށީ ދަރިކަލުން ޗާލްސް އެވެ.