ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފު އަބްދުއްސަމަދުއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ، ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޝަރީފުގެ ސުލޫކީ މައްސަލަ، ތަހުޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 2022 ސެޕްޓެންބަރު 11 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ގާނޫނު ހުއްދަކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަށް ބުނާ މައްސަލައެކެވެ.