Last Updated: July 18, 05:59
Friday, July 18, 2025
ދުނިޔެ

ހެދުން އެޅި ގޮތަކުން ދެ އަހަރަށް ޖަލަށް

ތައިލޭންޑްގައި މީގެ ދެ އަހަރު ކުރިން ކުރި މުޒާހަރެއްގެ ތެރޭގައި އަންހެނަކު އެ ގައުމުގެ ރާނީ ހެދުން ތުރުކުރައްވާ ގޮތަށް ހެދުން އަޅައި ޝާހީ އާއިލާ އަށް ފުރައްސާރަކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެ، އޭނާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އިއްޔެ މި ހުކުމް އިއްވީ ބޭންކްކޮގައި 2020 ގައި ބޭއްވި ސިޔާސީ ބޮޑު މުޒާރެއްގައި ބައިވެރިވި ޖަޓްޕޯން "ނިއު" ސައެންގް ކިޔާ 25 އަހަރުގެ އެކްޓިވިސްޓަކަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ރާނީ ސުތީދާ ހެދުންކުރައްވާ ގޮތަށް ހެދުން އަޅައި، ފުރައްސާރަކުރި ކަމަށް ބުނެ އެވެ.

ނަމަވެސް އެ ދައުވާ އަށް އިންކާރުކޮށް ނިއު ބުނީ އޭނާ އެއްވެސް މީހަކު ހެދުން އަޅާ ގޮތަށް ހެދުން އަޅައި އަދި ޝާހީ އާއިލާ އަށް ފުރައްސާރަކުރަން ވެސް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މައްސަލައަކަށްވި ހެދުމަކީ އާންމުކޮށް ތައިލޭންޑްގައި ބޭނުންކުރާ މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ކަމަށެވެ.

ނިއު އަށް އިއްވި ހުކުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވަރަށް ގިނަ ޖަމާއަތްތަކުން އެ ނިމްމުމަށް ފާޑުކިޔާފައިވެ އެވެ.

ތައިލޭންޑްގެ ރަސްކަމަށް 2019 ގައި މަހާ ވަޖިރަލޮންގްކޯން ވަޑައިގަތް ފަހުން ހަރުކަށި އެތައް އުސޫލެއް ދަނީ ތަންފީޒުކުރަމުންނެވެ. ހާއްސަކޮށް ޝާހީ އާއިލާ އަށް ރައްދުވާ ކަންކަމުގަ އެވެ. އެގޮތުން ތައި ރާނީ އަށް ފުރައްސާރަކުރި ކަމަށް ބުނެ 2020 ގެ ފަހުން މިހާތަނަށް 210 މީހަކަށް އެކި ކަހަލަ ދައުވާތައް އުފުލާފައިވެ އެވެ.