ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމަށެވެ. މަގާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. މަގާމުގެ މުސާރަ އަކީ 32،000ރ. އެވެ.
ސާޖެންޓް އެޓް އާމްސްގެ މަގާމަކީ މަޖިލިހުގެ އަމީންއާންމުގެ މަގާމަށް ފަހު ދެން އެންމެ އިސް މަގާމެވެ. އަދި އެއީ މަޖިލީހުގެ ސެކުއުރިޓީ ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވާ މަގާމު ވެސް މެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން
އިޢުލާން:https://t.co/QmbYROQJU6 pic.twitter.com/KAgnCxD50u
— People's Majlis (@mvpeoplesmajlis) September 13, 2022
ހުސްވެފައިވާ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމު އުފެއްދި ފަހުން މަގާމު ފުރަތަމަ ފުރުއްވި އެންމެ މުހައްމަދު ހަލީލު މިދިޔަ މަހު މަގާމުން ވަކިކުރުމާ ގުޅިންގެންނެވެ. އޭނާ އެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރީ ނޮވެންބަރު 19، 2013 ގަ އެވެ. އޭގެ ފަހުން އޮކްޓޫބަރު 23، 2019 ގައި ދެވަނަ ދައުރަކަށް އައްޔަންކުރި އެއެވެ.
މަޖިލިހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ގަ އެވެ.