Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޓެކްސްތައް ބޮޑުކުރުމުގެ ބިލް ހުށަހަޅައިފި

ދައުލަތުގެ އާމްދަނީ އިތުރުލުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދަން ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭ ބިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާ އަށް ވަނީ ހުށަހެޅި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ އިސްލާހު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމުމެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައިވާ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ހުށަހަޅާފައިވެ

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލީ އިދާރާތަކުގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ޓެކްސްތައް ބޮޑުކުރަން ނިންމި އިރު، ރާއްޖޭގައި ޖީއެސްޓީ އާއި އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާ އިރު ނިސްބަތިން ދަށްކޮށެވެ.