Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ ރެޖިސްޓްރަރގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަމަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް . މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ރަޖިސްޓްރަރގެ މަގާމަށް އަސާސީ މުސާރައިގެ ގޮތުގައި -/13400 ރުފިޔާ ލިބެއެވެ. އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި -/7370 ރުފިޔާ، ސަރވިސް އެލަވަންސްގެ ގޮތުގައި -/3000 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ލިބެއެވެ.