Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ފަސް ރަށެއްގެ އައިސް ޕްލާންޓް ހަދަން ހަވާލުކުރަނީ

ސައުދީ ފަންޑުގެ އެހީގައި ހަދަން ނިންމާފައިވާ ފަސް އައިސް ޕްލާންޓުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ފަސް އައިސްޕްލާންޓު ހަދާނެ ބަޔަކު ހޯދަން އެންމެ ފަހުން ބީލަމަށް ހުޅުވައިލުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.

ސައުދީ ފަންޑުގެ އެހީގައި އައިސް ޕްލާންޓުތައް ހަދަން ނިންމާފައި ވަނީ ހއ. ދިއްދު އާއި އއ. ރަސްދު އާއި ދ. މީދު އާއި ލ.މާމެންދޫގެ އިތުރުން ގދ. ރަތަފަންދޫގަ އެވެ. މި ރަށްތަކުގައި ހަދަން ނިންމާފައި ވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ.

އައިސް ޕްލާންޓްތައް ހަދަން ހަވާލުކުރާނީ މަސައްކަތް ހަވާލުކުރާތާ އަށް މަސްދުވަސްތެރޭގައި ނިންމާ ގޮތަށެވެ.