Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ރައީސްގެ ޔޫކޭ ދަތުރަށް މިލިއަނެއް ވެސް ނާރާނެ

ތަރުޖަމާން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް މިލިނެއްހާ ރުފިޔާ ވެސް ނާރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ ރައީސްގެ ދަތުރުފުޅަށް ތިން މިލިއަން ހަރަދުވާ ކަމަށް މީޑިއާއަކުްނ ރިޕޯޓްކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އެދަރުފުޅަށް އެ ވަރުހަރަދު ނުވާނެ ކަމަށެވެ. މި ދަތުރުފުޅަކީ ރާނީ އަވަހަރާވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނީ އާންމު ގޮތެއްގައި ރައީސް ކުރައްވާ ދަތުރުފުޅަށް ވުރެ ކުޑަ ޑެލިގޭޝަނެއް ކަމަށެވެ.

ރާނީގެ ޖަނާޒާގައި ދުނިޔޭގެ ގިނަ ގައުމުތަކުގު އެންމެ އިސް ލީޑަރުންބައިވެރިވެވަޑައިގެންނަވާކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ރާއްޖެއަކީ ކޮމަންވެލްތުގެ ވެސް މެންބަރު ގައުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭން ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގަތުމަކީ އެހެން ގައުމުތަކަށް ވެސް ފާހަގަކުރެވޭނެ ކަމެއް ކަމަށެވެ.

މިދަތުރުފުޅާ ގުޅޭގޮތުން ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މި ދަތުރުފުޅަށް މިލިއަނެއްހާ ރުފިޔާވެސް ހަރަދު ނުވާނެ ކަމަށެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނީ މާދާމާއެވެ.