Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ކުށަށް ތައުބާވެއްޖައިން، މާފަށް އެދެން: ނާޒިމް

ނާޒިމް ސައްތާރު - ފޮޓޯ: މިހާރު

ކުރެވުނު ކުށަށް އިއުތިރާފުވެ، ތައުބާވެ، ރައްޔިތުންގެ އަރިހުން މާފަށް އެދޭކަމަށް ނާޒިމް ސައްތާރު ބުނެފިއެވެ.

ނާޒިމް ސައްތާރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރި ކުށަށް ތައުބާވެ، ހިތާމަކުރާ ކަމަށެވެ.

"އަދި އަޅުގަނޑުގެ މި ކުށަށް މި އިއުތިރާފު މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން، މިކަމުގައި ބްލެކްމެއިލްކޮށް ފައިސާ އަތުލަންއުޅެ، އެމައްސަލައިގައި ވިކްޓިމްއެއް ކަމުގައި ވާއިރު ވެސް މެއެވެ." ނާޒިމް ސައްތާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނާޒިމް ސައްތާރު ބުނެފައިވަނީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، ކުށަށް އިއުތިރާފުވެފައިވަނީ މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑު އެދެނީ މި ކުށަށް އިޢުތިރާފުވެ، ތަޢުބާވެ، ރައްޔިތުންގެ އަރިހުން މާފެވެ." ނާޒިމް ސައްތާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނާޒިމް ސައްތާރު ބަޔާނެއް ނެރެފައިވާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހުކުމް ކުރުން ތާވަލު ކޮށްފައިވަނީ މިއަދު ހަވީރު 4:30 އަށެވެ.