ސިފައިންގެ ވަޒީފާއަށް އެޕްލައިކުރަން މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފި އެވެ. އިތުރުކޮށްފި އެވެ.
ވަޒީފާ އަށް އެޕްލައިކުރަން ދިން މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން އެ މުއްދަތު މިހާރު ވަނީ މި މަހުގެ 30 އާ ހަމައަށް އިތުރުކޮށްފަ އެވެ. ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ނަމްބަރު 3322607، އެކްސްޓެންޝަން ނަމްބަރު 2141 ގެ އިތުރުން އެމްއެންޑީއެފްގެ ވެބްސައިޓުން www.mndf.gov.mv ލިބެން ހުންނާނެ އެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން ހިމެނެ އެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލްއަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެ އެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވޭނެ އެވެ.