މަހުޖަނު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕުން އޮޕަރޭޓްކުރާ އެއާލައިން "ފްލައިމީ" ގެ ނަން "ވިލާ އެއާ" ބަދަލުކޮށް، ރިބްރޭންޑްކުރަން ނިންމައިފި އެވެ.
"ފްލައިމީ" ރިބްރޭންޑްކުރަން ނިންމި ނަމަވެސް އެ ބައްދަލު ގެންނާނެ ސީދާ ތާރީހެއް ހާމައެއްނުކުރެ އެވެ. "ފްލައިމީ" ހިދުމަތަށް ނުކުތީ 2011 ގަ އެވެ. މި އެއާލައިނަކީ މި ވަގުތު ރާއްޖޭގައި އެތެރޭގެ އުދުހުމުގެ ދެމުން އަންނަ ޕްރައިވެޓް ދެ އެއާލައިންގެ ތެރެއިން އެއް އެއާލައިނެވެ. އަނެއް އެއާލައިނަކީ 2019 ގައި އޮޕަރޭޝަނަށް ނުކުތް "މަންޓާ އެއާ" އެވެ.
"ފްލައި މީ" ރިބްރޭންޑްކުރަން ނިންމިކަން ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ސާކިއުލާއަކުން އެންގި ނަމަވެސް އެފަދަ ބަދަލެއް ގެންނަން ނިންމި ސަބަބެއް ހާމައެއްނުކުރެ އެވެ. އެ އެއާލައިން ރަސްމީކޮށް، އޮޕަރޭޓްކުރަން ފެށީ އޮކްޓޯބަރު 1، 2011 ގަ އެވެ. އަދި "ފްލައިމީ" ލޯންޗްކުރީ މާޗް 14، 20211 ގަ އެވެ.
އެ އެއާލައިން މިހާރު އުދުހެނީ ގާސިމްގެ ރަށް މާމިގިލީ އެއާޕޯޓަށާއި ކާޑެއްދޫ އެއާޕޯޓަށެވެ.