Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ނަޝީދުގެ މަރު ތަހުގީގުކުރަން ގޮވާލައިފި

ޝަރީއަތް ނިމެންދަން ބަންދުކޮށްފައި ހުއްޓައި މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި މަރުވި މީހާގެ މައްސަލަ ތަހުގީގުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފި އެވެ.

ޖަލުގައި މ. މުލީ ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު، 43، މަރުވި ހާދިސާއާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދަށް ނޭވާ ނުލެވިގެން ކުއްލި ގޮތަކަށް މަރުވުމުގެ ކުރިން އޭނާގެ ނޭވާ އަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުން ގާތު ބުނި ނަމަވެސް އެކަމުގައި ފަރުވާ ކުޑަކޮށް އޭނާއަށް އެކަށިގެންވާ ފަރުވާ ދީފައި ނުވާ ކަމަށެވެ. އަދި ނަޝީދަށް ތަކުރާރުކޮށް އަނިޔާކުރާކަމުގެ ޝަކުވާ އޭނަގެ ވަކީލުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އިދިކޮޅު

އެހެންވެ އެ މައްސަލައިގެ ތަހުގީގެއ2ް ހިންގައި މަރުގެ ހަގީގަތް ހާމަކުރުމަށާއި އެކަމުގައި އިހުމާލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އިދިކޮޅުން ގޮވާލާފައިވެ އެވެ. ޕީޕީއެމް/ޕީއެންސީގެ ބަޔާނުފައި ވަނީ ނަޝީދުގެ މަރުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ގޮވާލައިފަ އެވެ.

އެ މަރާ ބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. އަދި އެއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު އޭނާ މަރުވި ކަމަށް އެންގި ކަމަށް ބުންޏެވެ. އެއީ ބުރާސްފަތި ހަވީރު 5:30 އުޅެނިކޮށެވެ.