ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން "ސެކިއުރިޓީ އޮފިސާސް އިނިޝިއަލް ޓްރެއިނިން" ޕްރޮގްރާމެއް، އަންނަ މަހުގެ ފެށުމަށް ވަނީ ނިންމައިފަ އެވެ.
މީ ގެ މަގުސަދަކީ ސެކިއުރިޓީގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވައިދީ، އެރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި ދިވެހި މުވައްޒަފުން ތަމްރީންކޮށް، ދިވެހިންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ނައްތައިލުމެވެ.
ރާއްޖޭގައި އާންމުކޮށް ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ގިނައިން މަސައްކަތްކުރަނީ ބިދޭސީންނެވެ. އަދި ދިވެހިންގެ ތެރެއިން މި މަސައްކަތުގައި ބޮޑަށް އުޅެނީ އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންނެނެވެ.
ޒުވާނުން މި ދާއރާ އަށް ލޯބި ޖެއްސުމުގެ ގިތުން ވެސް އަލަށް ފަށާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީންކުރަން ހަމަޖެހިފައިވެ އެވެ. އެ ޕްރޮގްރާމް ދެ ހަފުތާގެ މުއްތަށް ބާއްވާނީ ދ. ވާނީގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސެކިއުރިޓީ ދާއިރާ އަކީ ޕްރޮފެޝަނެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަރުވަމުން އަންނަ އަދި ގިނަގުނަ ފުރުޞަތުތައް ހުރި ދާއިރާއެއް ކަމަށެވެ. އެހެންވެ އެ ދާއިރާ އަށް ދިވެހިން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލައިފަ އެވެ. މި ލިންކް jobcenter.mv މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.