މި ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ މިސްމީހުންނާ ގުޅުން ހުރި މީހުންނާ ގުޅުން ހުރި މައްސަތައް ހިނގަމުންދާ ގޮތުން އެއީ ވަކި ބަޔަކާ މެދު ވަކި ގޮތަކަށް އަމަލުކުރަމުން ދިއުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަނެއްކާ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އަބަދު ވެސް އިންސާފުން ބޭރުން ކަންކަން ކުރަމުން އަންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގެ މައިގަނޑު ސުރުހީ އަކީ "ރައީސް ސޯލިހުގެ ސިލެކްޓިވް ޖަސްޓިސް" އެވެ. އަދި އޭގެ ދަށުން ތިން ހަތަރު ކަމެއް އޭނާ ފާހަގަކުރައްފައިވެ އެވެ.
ރ. @ibusolih ގެ ސިލެކްޓިވް ޖަސްޓިސް:
1. ހޯރަ އިއްބެއަށް ފުރަތަމަވެސް ޕެރޯލް
2. ނާޒިމް ސައްތާރަށް ލުއި ދަޢުވާ/އަދަބު، އަދި ރޯޔަލުން ކުރާ ކުށް ނުބެލުން
3. އެމްޑީޕީ ވެރިންގެ އެމްއެމްޕީއާރްސީގެ ތުހުމަތު ނުބެލުން
4. މަޙްލޫފަށް ވަކި ޤާނޫނެއްމުނާފިގެއްގެ ހުރިހާ ސިފަތައް ހަމަވޭ pic.twitter.com/0BmS9Cugit
— Mohamed Jameel Ahmed (@MJameelAhmed) September 17, 2022
އެކަން ކަމަކީ ކުޑަކުއްޖަކާ ބެހުނުކަމުގެ ކުށް ސާބިތުވި އިބްރާހިމް ރަޝީދު ހޯރަ އިއްބެ) އަށް މި ސަރުކާރުގެ ވަރަށް ކުރީކޮޅު ޕެރޯލްގެ ފުރުސަތު ދިނުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހަތަރު މަހުގެ ގޭބަންދާ އެކީ ލުއި ދަޢުވާ/އަދަބު، އަދި ރޯޔަލުން ކުރާ ކުށް ނުބެލުމާއި އެމްޑީޕީ ވެރިންގެ އެމްއެމްޕީއާރްސީގެ ތުހުމަތު ނުބެލުމުގެ އިތުރަށް މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި ވަކި ގާނޫނަކުން އަމަލުކުރުން ކަމަށް ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގެ މި ސިފަތަކާ އެކީ އެ މަނިކުފާނުގެ ކިބައިގައި "މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވެ" އެވެ.