Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަދާލަތު މި ހަފުތާ ބަންދުގައި ވެސް ރަށްރަށުގައި

ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް އަދާލަތު ޕާޓީން އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން މި ހަފުތާ ބަންދު ވެސް ޕާޓީ އިސްވެރިން ހަތަރު އަތޮޅެއްގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެގޮތުން ގްޕޫރްތަކަކަށް ބަހާލައިގެން އިއްޔެ އާއި މިއަދު ކުރާ ދަތުރުގައި ޕާޓީގެ ޓީމްތައް ހަރަކާތްތެރި ވަނީ ހދ. މަކުނުދު އާއި ދ. ކުޑަހުވަދު އާއި ނ. މާޅެންދު އާއި އެ އަތޮޅު ކުޑަފަރި އާއި ހއ. ދިއްދޫގެ އިތުރުން އެ އަތޮޅު އުތީމުގަ އެވެ.

މި ދަތުރުތަކުގައި ޕާޓީ އަށް މެމްބަރުން އިތުރުކުރުމާއި ރަށްރަށުގެ ގޮފިތައް ހަރުދަނާކުރަން މަޝްވަރާތައް ކުރުމުގެ އިތުރަށް ދީނީ ހާއްސަ ދަރުސްތައް ދިނުން ވެސް ކުރިއަށް ގެންދެ އެވެ.

އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދާންވާ އިރަށް ޕާޓީގެ މެމްބަރުންގެ އަދަދު 25،000 އަށް އިތުރުކުރުމެވެ. އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީން 2033 ގައި ރާއްޖޭގެ ވެރިކަމަށް ވެސް އަންނާނެ އެވެ.