Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ދިވެހިންނަށް ކަޒަކިސްތާނުގެ އޮން-އެރައިވަލް ވިސާ

ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ކަޒަކިސްތާނަށް ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި މިއީ މިދިޔަ މެއި މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމަޖެހުނު ކަމެއް ކަމަށް ބުންޏއެވެ.

އެ އެއްބަސްވުމުގެ ދަށުން މަސް ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމާއި ސިއްދީ ފަރުވާ އަދި ވިޔަފާރި ބޭނުމެއްގައި ކަޒަކިސްތާނަށް ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލައި ވިސާ ހޯދަން ޖެހެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކަޒަކިސްތާނުން ވިސާގެ ލުއިތަކެއް ލިބުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.