އައްޑޫ ހިތަދޫގައި ހުންނަ އުރީދޫގެ އޮފީހަށް ވައްކަން ކުރަން ވަންނަން އުޅުނު ވަގަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި އެ އޮފީސް ފަޅާލައިގެން ވައްކަން ކުރުން އުޅުނު މައްސަލައަކާ ގުޅިގެން އެކަން ކުރަން އުޅުނު މީހާ ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ކަމަށެވެ
އެހެންވެ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނާ ހިއްސާކޮށްދޭން އެދިފައި ވަނީ ވަގު ފެންނަ ވީޑިއޯއަކާ އެކީގަ އެވެ. އޭގައި ފެންނަނީ ނޫ ކުލައިގެ ސޯޓްބުރިއަކާއި އަޅި ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން މޫނު ނިވާކޮށްގެން އުޅޭ މީހެކެވެ.
ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ.