Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މާޅޮހު ބަނދަރުގެ 65 ޕަސެންޓް ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން އާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި ބޭރުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.