Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ފުނަދޫ ފެރީ ޓާމިނަލް ނިންމާލައިފި

ށ. ފުނަދޫ ފެރީ ޓާރމިނަލްގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފުނަދޫ ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ޒޯން 1 ގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.

މި ފެރީ ޓާރމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާރޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވަރސަލް ޓޮއިލެޓެއް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމު ހިދުމަތް ދެމުންއަންނަ ރަށްރަށުގައި މިފަދަ ޓާމިނަލްތައް އަންނަނީ ގާއިމުކުރަމުންނެވެ.