Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިތުރު ދެ ހަފުތާ އަށް ބަސް ދަތުރު ހިލޭ

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަހުގެ ޙިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދޭން އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ޙިދުމަތަށް އަގު ނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ބޭނުންކުރަންޖެހޭ އާރް.ޓީ.އެލް. ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަކީ ވެސް ސަބަބެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ފޯރުކޮށްދޭނެ އެވެ. ބަހުގެ ޚިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބޭނެ އެވެ. މި ޙިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ހަތް ރުފިޔާ އެވެ.