Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އައިއޭއެސްގެ ލޯގޯ ހަދައިދޭނެ ބަޔަކު ހޯދަނީ

އައިލޭންޑް އޭވިއޭޝަންގެ ލޯގޯ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އައިލޭންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކުންފުނީގެ އާ ލޯގޯ ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. އައިއޭއެސް އިން ގެންދަނީ ބައެއް އެއާޕޯޓްތައް މެނޭޖުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖެ އަށް އަންނަ ބޭރުގެ ވަރަށް ގިނަ އެއާލައިންތަކުގެ އެއާކްރާފްޓްތަކަށް ހިދުމަތް ދީގެން ވެސް އައިއޭއެސް އިން އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.