"އަވަށްޓެރި ފުލުހުންގެ ހަފުތާ” ގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށައިފި އެވެ.
"އަވަށްޓެރި ފުލުހުންގެ ހަފުތާ" ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން އިއްޔެ ހެނދުނު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވި އެވެ. އެ އެސެމްބްލީގައި ސައިބަ ސޭފްޓި އާއި ބުލީއާ އާ ގުޅޭ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެ އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ 24 އާ ހަމައަށް ފާހަގަކުރާ "އަވަށްޓެރި ފުލުހުންގެ ހަފުތާ" ގައި މާލެ އާއި އަތޮޅު ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވެ އެވެ. އެގޮތުން އިއްޔެ "ވޯކް އެންޑް ޓޯކް" ނަމުގައި ވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ދިއުމަށްވަނީ ހަމަޖެހިފައެވެ.

"އަވަށްޓެރި ފުލުހުންގެ ހަފުތާ" ތެރޭގައި ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާއި ބައްދަލުކުރުމާއި ކޮމިޔުނިޓީ މީޓިންތަކާއި، ލޭ ހަދިޔާކުމުގެ ކޭމްޕާއި، ހާއްސަ ފުޓްބޯޅަ މެޗްތައް ކުޅުމާއި، ވިޒިޓިން ވަލްނަރަބަލް ޕޮޕިޔުލޭޝަނާއި، ގުރައިދު އަށް ޒިޔާރަތްކުރުމާއި ކޮމިޝަނަ މީޓިންގް ޕެނަލާއި، އަވަށްޓެރި ފުލުހުން މީޑިއާ އަށް، އަ ޑޭ ވިދް ޕާޓްނާސް، ޕްލާސްޓިކް ކްލީނިން އިވެންޓް، ޕާކްތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތްތަކެއްގެ އިތުރުން އަވަށްޓެރި ފުލުުހުންގެ ހަވީރެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.