މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގުރޫޕަކުން އެއްވެ މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖަމާއަތް ހަދައި، ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވާކަމަށެވެ. އަދި އެމީހާ ޕޮލިސް ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ. ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން" ސީޕީ ހަމީދު ވިދާޅުވިއެވެ.
އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ. ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން!
— Mohamed Hameed (@M_Hameedh) September 18, 2022
މާލޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ކަމަށް ތުހުމަތުކުރާ ގްރޫޕްތަކާ ދެކޮޅަށް، ފުލުހުން ސިފައިންނާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށިތާ އަހަރެއްވަނީ ވެފައެވެ.
މިފަހުންވެސް ހެންވޭރުގެ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ތިން ފުލުހަކަށް ހަމަލާދީ ޒަހަމު ކޮށްލި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފައިވެއެވެ.